big_BCuWxLdS9wK2bOs

ސްޕްރީމް ކޯޓުގެ ބޭނުމަކަށް ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލު ހުސައިން ޝަމީމް ސްޕްރީމް ކޯޓަށް ހާޒިރުކޮށްފި އެވެ. ޝަމީމް ސްޕްރީމް ކޯޓަށް ހާޒިރުކުރާ ސަބަބުގެ ތަފުސީލެއް ސްޕްރީމްކޯޓުން އޭނާ އަށް ފޮނުވި ނޯޓިސްގައި ބުނެފައެއް ނުވެ އެވެ.

ކޯޓަށް ހާޒިރުވާން އަންގައި ސްޕްރީމް ކޯޓުން ޝަމީމަށް މިއަދު ފޮނުވި ޗިޓުގައި ބުނެފައިވަނީ އެ ކޯޓުގެ ބޭނުމަކަށް މިއަދުގެ 15:00 އަށް ކޯޓަށް ހާޒިރުވުމަށެވެ.

ޝަމީމަށް ކުއްލި ގޮތަކަށް ސްޕްރީމް ކޯޓުން ޗިޓު ފޮނުވައިގެން ކޯޓަށް ހާޒިރުކޮށްފައިވާއިރު، ރާއްޖެއަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެން، ހާލަތާ ގުޅިގެން ހަނިކުރި ހައްގުތަކުގެ ތެރެއިން ސަރުކާރުން ވަނީ ނައިބު ރައީސް އަދީބަށް ފޮނުވި 14 ދުވަހުގެ ނޯޓިސްގެ މުއްދަތު ހަތް ދުވަހަށް ކުރުކޮށްފަ އެވެ.

 

އަސްލު ލިޔުން – އަވަސް: http://avas.mv/9803